އަންހެނުންގެ ތެރެއިން 70 ޕަސެންޓް މީހުންނަކީ ކޮންމެ ދުވަހަކު އެއް ފަހަރު ފެން ނުވަރާ މަތި އޮމާން ކޮށްލައިގެން ތިބޭ ބައެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ސްކިން ކެއާގެ ތަކެތި އުފައްދާ ފްލިންޓް ޕްލަސް ފްލިންޓް އިން އުމުރުން 20 އަހަރާއި 55 އަހަރާ ދެމެދުގެ 2021 އަންހެނަކާ އިންޓަވިއުކޮށްގެން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ތިން ދުުވަސް ވަންދެން ފެން ނުވަރާާ މޫނު އަދި ގައި ވެސް ނުދޮންނަ މީހުންނެވެ.
އެގޮތުން މި ދިރާސާގައި އިންޓަވިއުކޮށްގެން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި ކޮންމެ ދުވަހަކު އެއް ފަހަރު ފެން ނުވަރާ މީހުންގެ ތެރެއިން ގިނަ މީހުން ބުނެފައި ވަނީ ފެން ނުވަރަނީ މަސައްކަތުގެ ސަބަބުން މާބޮޑަށް ވަރުބަލިވެފައި ހުންނާތީ އާއި ފެންވަރާލަން ވަގުތު ނުވާތީ ކަމަށެވެ.
އަދި މީގެ ތެރެއިން ގިނަ މީހުންނަކީ ނިދުމުގެ ކުރިން ގައި ދޮވެލާ މީހުންނެވެ. އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި 60 ޕަސެންޓް މީހުންނަކީ ނިދުމުގެ ކުރިން މޭކަޕް ވެސް ނުފިލުވާ މީހުންނެވެ. އަދި މީގެ ތެރޭގައި، ގިނައީ ރޭގަނޑު ފުދޭވަރަށް ނިދި ނުލިބޭ ކަމަށް ބުނެފައިވާ މީހުންނެވެ.
ފެން ނުވަރާ ދެތިން ދުވަހު ތިބޭ މީހުންގެ ތެރެއިން ހުރިހާ އެންމެން ވެސް ބުނެފައި ވަނީ އަމިއްލަ ސާފުތާހިރު ކަމުގެ މުހިންމުކަން އެނގޭ ކަމަށާއި ނަމަވެސް އެކަން ކޮށްލާނެ ހާވެސް ވަގުތު ނުވާ ކަމަށެވެ.
ނަމަވެސް މި ދިރާސާއަށް ފަހު ސްކިން ކެއާގެ ތަކެތި އުފައްދާ ފްލިންޓް ޕްލަސް ފްލިންޓް ކުންފުނިން ބުނާގޮތުގައި އަންހެނުންނަކީ އަބަދުވެސް ރީތިކަމަށް ވަރަށް ލޯބިކުރާ ބައެއް ކަމަށާއި އެގޮތުން އެމީހުން އަބަދުވެސް ތިބެން ޖެހޭނީ ފެންވަރާ ރީތިވެގެން ކަމަށެވެ. އަދި އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި މަދުވެގެން ދުވާލަކު އެއްފަހަރު ފެންވަރާލަން ވަގުތު ނުލިބޭ ބުނި އަންހެނުންގެ ވާހަކަ ގަބޫލުކުރަން ދައްޗެވެ. އެހެނީ މަދުވެގެން ދުވާލަކު އެއްފަހަރު ފެންވަރާލާހާ ވަގުތު ކޮޅެއް ނުލިބި ދާނެ ކަމަށް ގަބޫލް ނުކުރެވޭތީ އެވެ.
ކޮންމެއަކަސް ސާފުތާހިރު ވުމަށްޓަކައި އެންމެ މުހިންމު ކޮށް ކުރަންޖެހޭ ކަމަކީ ފެންވެރުމެވެ. މަދުވެގެން ދުވާލަކު އެއްފަހަރު ފެންވަރަން ޖެހެއެވެ. އަންހެނަކަށްވިޔަސް އަދި ފިރިހެނަކަށްވިޔަސްމެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް