ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑް ބަތޮލު، ޓައިގަރ ޝްރޮފް ރާއްޖެ އައީ އެންމެ ފަހުގެ އައިފޯން، އައިފޯން 12 ޕްރޯއެއް ހިފައިގެންކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމުގައެވެ.
ރަތް ދައްކާ އަވީގައި ނަގާފައިވާ ދެ ސެލްފީއެއް އިންސްޓަގްރާމުކުރަމުން ޓައިގަރ ބުނެފައިވަނީ އެއީ އައިފޯން 12 ޕްރޯއިން ނަގާފައިވާ ދެ ފޮޓޯކަމަށެވެ.
މީގެ ދެ ދުވަސްކުރިން ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުން އަންނަ ޓައިގަރ، ރާއްޖެ އައީ އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއާވެސް އެކުގައެވެ.
https://www.instagram.com/p/CHiJbBenq9g/
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް