ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑް ބަތޮލާ ދިޝާ ޕަޓާނީ ނަގާފައިވާ ބިކިނީ ފޮޓޯތައް، ދިޝާގެ ލޯބިވެރިޔާ ޓައިގަރ ޝްރޮފްގެ މަންމަ އާއި އަންހެން ކޮއްކޮއަށް ކަމުގޮސްފިއެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާގޮތުގައި ދިޝާ އޭނާގެ އިންސްޓަގްރާމަށް އަޕްލޯޑްކޮށްފައިވާ ބިކިނީ ފޮޓޯއަށް ޓައިގަރގެ މަންމަ ކުރި ކޮމެންޓުގައި "ފަޔަރ" އިމޯޖީއަކާއެކު ބުނެފައިވަނީ "ވޯހ ދީޝޫ" ކަމަށެވެ. އަދި ޓައިގަރ ގެ އަންހެން ކޮއްކޮ ކޮމެންޓުކޮށްފައިވަނީ "ޑޭޔުމް" ކަމަށްވެސް ޕިންކްވިލާގައި ބުނެފައިވެއެވެ.
ޓައިގަރ ޝްރޮފްގެ މަންމަ އާޔެޝާ ޝްރޮފް އަދި ޓައިގަރގެ އަންހެން ކޮއްކޮ ކްރިޝްނާ ޝްރޮފަށް ދިޝާގެ ބިކިނީ ފޮޓޯތައް ކަމުގޮސްފައިވާއިރު، ދިޝާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ޓައިގަރ ޝްރޮފާވެސް އެކުގައެވެ.
ނަމަވެސް މި ދެ ތަރިންވެސް ސޯޝަލް މީޑިއާއަށް ފޮޓޯ އަޕްލޯޑްކުރަމުން އަންނަނީ އެއް ތަރިއެއްގެ ފޮޓޯއަށް އަނެއް ތަރިއަކު ނާރާގޮތަށެވެ.
މި ދެ ތަރިންގެ ލޯބީގެ ގުޅުމަކީ އެންމެ ދަންނަ ބޮޑު ވާހަކައަކަށްވެފައިވީނަމަވެސް މި ދެ ތަރިން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް