ހުޅުމާލޭ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި މީހާ -- ފޮޓޯ: ޕޮލިސް
ހުޅުމާލޭގައި ވަންވޭއާ ހިލާފަށް ތިން މީހުން އަރުވައިގެން ދުއްވަނިކޮށްވީ އެކްސިޑެންޓުގައި ހިމެނޭ މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ / ލ.މާމެންދޫ، މުޙައްމަދު ސައިފް (27އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލުމުން ކަމަށެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ އިއްޔެ އެވެ. އަދި ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި އެވެ.
ފުލުހުންގެ ރެކޯޑުތައް ދައްކާގޮތުން މުޙައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކުގެ ރެކޯޑޫ އޮތް މީހެކެވެ. އަދި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ސައިފް އިން ސައިކަލު ދުއްވަން އިނީ ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއް ތަންފީޒުވަމުން ދަނިކޮށް ތަޙުޤީޤު ނިމުމާ ގުޅިގެން ދޫކޮށްލި މީހެއްކަންވެސް ވަނީ ހާމަވެފައި އެވެ. ހ. ލާމިޔާ، އަޙުމަދު އުވެއިސް 22 އަހަރު ފުލުހުން ދޫކޮށްލީ ގެސްޓް ހައުސްއަކަށް ފޭކް ސްލިޕެއް ފޮނުވައިގެން ފައިސާ ދެއްކި ކަމުގެ ތުހުމަތުގައި 15 ދުވަހަށް މުއްދަތު ޖަހާފައިވަނިކޮށް މުއްދަތު ހަމަ ނުވަނީ ތަހުގީގު ނިމުމުންނެވެ.
ހުޅުމާލޭގައި އޭނާ ދުއްވި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގަވައިދާ އެގޮތަށް ދުއްވި ސައިކަލުގައި ތިބީ އެއް ޢާއިލާއެއްގެ ދެ މީހުންނެވެ. މި އެކްސިޑެންޓުގައި އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިނު އިރު އަދިވެސް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި އެވެ.
މި އެކްސިޑެންޓުގައި އޭގެ ތެރެއިން އެކެއްގެ ސިކުނޑިއަށް ލޭ އެޅި، އަނެކާގެ މޫނަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ. އެ އެކްސިޑެންޓުގައި ހިމެނޭ ފަސް މީހުންނަށް ވެސް އައިޖީއެމްއެޗުގައި ފަރުވާ ދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް