ދައުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި ކުޑަކުދިން ބަލަހައްޓާ ފިޔަވަތިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 36 އަށް އަރައިފި އެވެ.
އެ ތަނުން ފުރަތަމަ ޕޮސިޓިވްވެފައިވަނީ ކުދިން ބަލަހައްޓައި މުވައްޒަފެކެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް އެތަނުން ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 18 މުވައްޒަފުންނާއި 18 ކުދިން ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ޕޮސިޓިވްވީ މީހުންނާއި ގުޅުންހުރި 72 މީހުން ކަރަންޓީން ކޮށްފައިވާ ކަމަށެވެ.
ކަރަންޓީން ކުރި މީހުންގެ ތެރޭގައި ހިމެނެނީ ފިޔަވަތީގައި މަސައްކަތް ކުރާ 19 މުވައްޒަފުންނާއި 35 ކުދިންނެވެ.
އޭނާ ވިދާޅުވީ ފިޔަވަތިން ކޯވިޑް ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން ޕޮސިޓިވްވި ދެ ކުދިންނާއި ގުޅުން ހުރި އެއްވެސް މީހަކު މިހާތަނަށް ޕޮސިޓިވްވެފައި ނުވާ ކަމަށެވެ. އަދި އެ ކުދިންނަށް ބަލި ޖެހުނު ގޮތް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް