ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ހާލު ސީރިއަސްވެއްޖެ

މާލޭގައި ބަހަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓްގައި އަންހެނެއްގެ ހާލު ސީރިއަސްވެފައިވެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ބޮޑުތ...

14 Oct 2020 | 17:27

މާލޭގައި ބަހަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓްގައި އަންހެނެއްގެ ހާލު ސީރިއަސްވެފައިވެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗް ސަރަހައްދުން ދުއްވާފައިދިޔަ ސައިކަލެއްގައި، ފަހަތުން އައި ބަހަކުން ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިރޭ 06:08 ހާއިރު ފުލުހުންނަށް ލިބިފައިވެއެވެ.

"މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެމީހުންނަށް އަނިޔާވެފައިވޭ، އެމީހުންނަށް ފަރުވާ ދިނުމަށް ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ، ސައިކަލު ފަހަތުގައި އިން އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެކްސިޑެންޓްވި ދެ އުޅަނދުވެސް ދުއްވާފައިވަނީ އެ ކެޓަގަރީގެ ލައިސަންސް އޮންނަ ދެމީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް