އިތުރު 69 މީހަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ރާއްޖެއިން އިތުރު69 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވީ މާލެއިން63 މީހުންނާއި އަތޮޅު ތެރެއިން ހަ މީހުންނެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 40 ބިދޭސީން...

14 Oct 2020 | 17:15

ރާއްޖެއިން އިތުރު69 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވީ މާލެއިން63 މީހުންނާއި އަތޮޅު ތެރެއިން ހަ މީހުންނެވެ.

ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 40 ބިދޭސީންނެވެ. މިއަދު ޓެސްޓުކޮށްފައިވަނީ 1،221 ސާމްްޕަލެވެ.

ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ 1،140 މީހުންނަށެވެ. އޭގެ ތެރެއިން 61 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 9،880 މީހުން މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 11،062 މީހުންނަށެވެ. އޭގެ ތެރެއިން 35 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް