ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.
އޭނާގެ މައްޗަށް ދަޢުވާ ކުރަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށެވެ.
ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް އަލީ ވަހީދަށްކޮށް ފުރަތަމަ ޝަކުވާ ހުށަހެޅީ ރައީސް އޮފީހާއި ޖެންޑަރ މިނިސްޓްރީ އަށެވެ.
އެކި ދުވަސް މަތިން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމަށާއި އޭރު މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދުގެ އުނދަގޫ ބޮޑުވެގެން މިނިސްޓްރީގެ ވަޒީފާ ބައެއް މީހުން ދޫކޮށްލަން ޖެހުނު ކަމަށް ވެސް އެމީހުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ތުހުމަތަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.
އެ މައްސަލަ ފެންމަތިވުމާއެކު، ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި ނަމަވެސް، އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ މިިދިޔަ ޖުލައި، 9 ގައި އޭނާ މަގާމުން ވަކިކުރައްވައިފަ އެވެ.
މިއީ ޖިންސީ ގޯނާގެ ތުހުމަތުގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރެއްވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް