ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުން އެ ގައުމުގެ ފަތުރުވެރިން އެންމެ ފުރަތަމަ ޒިޔާރަތް ކުރާ މަންޒިލަކަށް ސްރީލަންކާ ވާނެ ކަމަށް ޗައިނާއިން ބުނެފި އެވެ.
އަންގާރަ ދުވަހު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓި ބިއުރޯގެ މެމްބަރު ޔަންގް ޖައިޗީ އާ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއާ ދެ ބޭފުޅުން ވަނީ ޗައިނާއާ ލަންކާއާ ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ މަޝްވަރާތައް ކުރައްވާފަ އެވެ.
ކޮވިޑް-19 ގެ ހާލަތަށް ފަހު ލަންކާ އަށް ދާ ޗައިނާގެ ފަތުރުވެރިން އިތުރުކުރަން ލަންކާ ސަރުކާރުން އެދުނު އެދުމަށް އިޖާބަ ދެއްވާ ޔަންގް ވަނީ، ދެ ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު ކަމެއް ދެއްވާ ކަމަށް ފާހަގަކުރައްވާފައިވާ ކަމަށް ބައްދަލުވުމާއި ގުޅޭ ގޮތުން ލަންކާ ގައި ހުންނަ ޗައިނާގެ އެމްބަސީން ނެރެނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ލަންކާ ގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ، ދެ ގައުމުގެ ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ޓްރެވަލް ބަބުލް ގާއިމްކުރުމާއި ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށެވެ.
ލަންކާ އަދި ޗައިނާއިން ވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވިފައިވާއިރު، ޗައިނާއިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމުން އެ ގައުމުގެ ފަތުރުވެރިންގެ ފުރަތަމަ ބެޗް ލަންކާ އަށް ދަތުރު ކުރުމުގެ ވަރަށް ބޮޑު ފުރުސަތު އޮތް ކަމަށް ޗައިނާ އެމްބަސީގެ ބަޔާނުގައި ބުނެފަވެ އެވެ.
ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު އެ ގައުމަށް ޗައިނާ އިން ދެލައްކަ ފަސްދޮޅަސް ހާސް ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. އެކަމަކު 2019 ވަނަ އަހަރު ލަންކާ އަށް ދިން ޓެރަރިސްޓު ހަމަލާގެ ސަބަބުން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް