ގެސްޓު ހައުސްތައް ހުޅުވާތީ، ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް މާދަމާ މާފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ދުވަހަށް ވިދާޅުވީ މިނިސްޓަރ މާފުއްޓަށް ވަޑައިގަންނަވަނީ ކޯވިޑަށް ބަންދުކޮށްފައި އޮތުމަށް ފަހު، މާދަމާ ގެސްޓްހައުސްތައް އަލުން ހުޅުވައިލާތީ ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ކަމަށެވެ.
އެ ރަށުގައި ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނި ނަމަވެސް، އިތުރު ތަފްސީލެއް ނުދެއެވެ.
ގެސްޓްހައުސް ވިޔަފާރި ކުރާ ރަށްރަށުގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެއް ރަށަކީ މާފުށި ކަމަށްވާ އިރު، މާފުށީގައި 35 ގެސްޓްހައުސްއަށް ވުރެ ގިނަ ގެސްޓްހައުސް ހުރެ އެވެ. އަދި އެނދުގެ އަދަދު ހުރީ 1،100އަށް ވުރެ މަތީގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް