ހުޅުމާލެއިން ކާރެއް ބަލައިފާސްކޮށް، ބަނގުރާ ދަޅުތަކަކާއެކު 2 ދިވެހިން ހައްޔަރުކޮށްފި

ހުޅުމާލެ ޕޮލިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކާރެއް ބަލައިފާސްކޮށް، ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ. ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލާކަމަށް ލ...

14 Oct 2020 | 11:31

ހުޅުމާލެ ޕޮލިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކާރެއް ބަލައިފާސްކޮށް، ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލާކަމަށް ލިބުނު މައުލޫމާތަކާ ޓްރެފިކް ޕޮލިސް އާއި ހުޅުމާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން އެ ކާރު ހުއްޓުވާފައިވަނީ މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ 22:07 އެހާކަންހާއިރު ހުޅުމާލެ ކޭލިގެމަތަ ބަސް ސްޓޮޕް ކައިރިންނެވެ.

އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު އެކާރުގެ ޑިކީ ތެރޭގައި ހުރި ކޫލް ބޮކްސް އެއްގެ ތެރެއިންނާއި ޑިކީ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން 72 ދަޅު ބިޔަރު ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެދެމީހުންނަކީވެސް ދިވެހިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް