ފިލްމީ ތަރި މުޙައްމަދު ޔުނާންއާ އޭނާގެ އަންހެނުން ފާތިމަތު ރިހުލާ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.
އެ ދެމަފިރިން ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މި މަހުގެ 4 ވަނަ ދުވަހުގެ ރޭގަ އެވެ. އަދި އެންމެ ފުރަތަމަ އެ ދެމަފިރިންގެ ބަންދަށް ޖަހައިފައިވަނީ ހަތް ދުވަހެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވަނ،ީ އެ ހަތް ދުވަސް ހަމަވުމުން މިދިޔަ ހޯމަ ދުވަހު އެ ދަމަފިރިން ކޯޓަށް ހާޒިރުކޮށްފަ އެވެ.
އެމީހުން ދިރިއުޅޭ އެޕާޓްމަންޓް ކައިރީގައި، ބަޔަކު މުޒަހަރާކޮށްފައިވަނިކޮށް ޔުނާންގެ ދެމަފިރިން ރައްކާތެރިކަމަށް އެދުނުކަމަށް ބުނެ ފުލުހުން ވަނީ އެ ދެމީހުންނަށް ހިމާޔަތް ދީފަ އެވެ. އަދި ހައްޔަރު ކޮށްފައި ވަނީ އޭގެ ފަހުންނެވެ.
އެނގިފައިވާ ގޮތުގައި ޔުނާން އާއި އޭނާގެ އަންހެނުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭނީ އެ ދެމީހުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް