ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ މެހެބޫބާ މުފްތީ 14 މަސް ފަހުން މިނިވަންކޮށްފި

ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ މެހެބޫބާ މުފްތީ 14 މަސް ފަހުން މިނިވަންކޮށްފި އެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު އެ ސަރަހައްދުގެ އާއްމު ސަލާމަތާ ބެހޭ ގާނޫނުގެ ދަށު...

14 Oct 2020 | 08:13

ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ މެހެބޫބާ މުފްތީ 14 މަސް ފަހުން މިނިވަންކޮށްފި އެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު އެ ސަރަހައްދުގެ އާއްމު ސަލާމަތާ ބެހޭ ގާނޫނުގެ ދަށުންނެވެ.

ކުށެއް ކޮށްފާނެ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހުއްޓުވުމަށްޓަކައި އެއްވެސް ދައުވާއަކާ ނުލައި އެ މީހަކު ގިނަވެގެން ދެ އަހަރުގެ މުއްދަތަކަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

ކަޝްމީރަށް ޚާއްސަ އިމްތިޔާޒުތައް ލިބިދޭ މާއްދާ އުވާލުމާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް މުފްތީ ވަނީ ވިދާޅުވެފަ އެވެ.

މުފްތީ ހައްޔަރު ކުރުމަށް ފަހު، އޭނާ ފުރަތަމަ ބެހެއްޓީ ކަޝްމީރުން "ސަބްސިޑަރީ ޖަލުތަކުގެ" ކަނޑައަޅާފައިވާ ގެތަކުގައެވެ. އަދި އޭގެ ފަހުން އޭނާގެ ގެޔަކީ ސަބްސިޑަރީ ޖަލެއްގެ ގޮތުގައި ކަނޑައަޅާ، މިދިޔަ އޭޕްރިމް މަހު އޭނާ ވަނީ އެގެޔަށް ބަދަލުކޮށްފަ އެވެ.

އެގައުމުގެ އާއްމު ސަލާމަތާ ބެހޭ ގާނޫނަށް ފާޑު ކިޔާ ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ސަރުކާރާ ދެކޮޅަށް ފާޑު ކިޔާ މީހުންގެ އަޑު ކަނޑުވާލުމަށް ބޭނުން ކުރާ ގާނޫނެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް