މެކްސިކޯގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދިޔަ ހޫނު ބަހުސެއްގައި އެ މަޖިލީހުގެ މެންބަރަކު ގާތްގަނޑަކަށްހެން ބަރަހަނާ ވެއްޖެއެވެ.
ޑިމޮކްރެޓިކް ރެވޮލިއުޝަން ޕާޓީގެ މެންބަރު އެންޓޯނިއޯ ގާސިއާ، ލައިގެން ހުރި ޖަނގިޔާ ފިޔަހާ ހުރިހާ އެއްޗެއް ބޭލުމަށްފަހު ބަހުސްގައި އަސަރުގަދަ މެސެޖުތަކެއް ވަނީ ދީފައެވެ.
އޭރު ކުރިއަށްދިޔައީ ގައުމީ ތެޔޮ އިންޑަސްޓްރީ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލުމުގެ ބަހުސެވެ.
ލައިގެން ހުރި ކޯޓާއި، ގަމީހާއި، ފަޓުލޫނާއި ބޫޓު ބޭލުމަށްފަހު އަސަރުގަދަ މެސެޖުތަކެއް ދެމުން އެންޓޯނިއޯ ބުނެފައިވަނީ އޭނާ އޮރިޔާމުން ހުއްޓާ ފެނުން އެއީ ގޯސް ކަމަކަށްވާއިރު، އެ ވޯޓު ފާސްވެއްޖެ ނަމަ ގައުމު އޮރިޔާން ކޮށްލެވުނީ ކަމަށެވެ.
ނަމަވެސް އެ ވޯޓު ނިމިގެންދިޔައީ އެންޓޯނިއޯ އިހުތިޖާޖު ކުރި ކޮޅާއި ދެކޮޅަށް، އެ ގައުމުގެ ތެޔޮ އިންޑަސްޓްރީ ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް