ވެންޓިލޭޓަރު މައްސަލައިގާ މިނިސްޓަރު އަމީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ދުބާއީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގާ މިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައް...

14 Oct 2020 | 06:01

ދުބާއީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގާ މިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގާ މިނސްޓަރު އަމީން ހިމެނޭހެން ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދޭން އޭސީސީން ޕީޖީ ކުރެން އެދިފައިވެއެވެ.

އޭގެތެރޭގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ މެމްބަރުނގެ އިތުރުން، ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި އެއްބަސްވުން ޗެކު ކޮށް އެއްބަސްވުމުގައި ސޮއި ކުރި ދެމީހުންނަށް ދައުވާ ކުރުމަށްވެސް ފޮނުވާފައިވެއެވެ.

މިނިސްޓަރު އަމީނާއި މި މައްސަލައިގާ ހިމެނޭ އިތުރު މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް