"ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެނެޖް 2020" ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ދުވަސް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ލ.ގަމު ތުނޑީ ޒުވާނުން އިންތިޒާން ކޮށްގެން ބާއްވާ " ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020" މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް "ދުވަސް އެމްވީ" ހަމަޖައްސައިފިއެވެ. މުބާ...

14 Oct 2020 | 04:46

މުޅި ރާއްޖެއަށް ހުޅުވާލައިގެން ލ.ގަމު ތުނޑީ ޒުވާނުން އިންތިޒާން ކޮށްގެން ބާއްވާ " ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020" މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް "ދުވަސް އެމްވީ" ހަމަޖައްސައިފިއެވެ.

މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރުކަން ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދެފަރާތުން ވެސް އެއްބަސްވުމެއް ހަދާ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ދުވަސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދުވަސްއެމްވީގެ ސްޕޯޓްސް އެޑިޓަރ އަބްދުލް ޙަންނާން މުޙައްމަދެވެ. އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މުބާރާތް ހިންގާ ކޮމިޓީގެ ޗެއާރމަން ހަސަން ޝަހީދުއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދުވަސްއެމްވީގެ ސްޕޯޓްސް އެޑިޓަރ ވިދާޅުވީ ދުވަސް އަކީ އަބަދުވެސް ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދޭ މީޑިއާއެއް ކަމަށާއި ދުވަސްގެ ކުޅިވަރު ޓީމުން އެ މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް ގެނެސްދޭނެ ކަމަށެވެ.

އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން ވާހަކަދައްކަވަމުން ކޮމިޓީ ޗެއާރމަން ހަސަން ޝަހީދު ވިދާޅުވީ ދުވަސްގެ ފަރާތުން މުބާރާތުގެ ހުރިހާ ހަބަރުތަކެއް ގެނެސްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ދުވަސްއާއި އެކު ކުރާ މަސައްކަތުގެ ތެރެއިން މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020 ގެ ނަމުގައި ބާއްވާ ފޯރިގަދަ މި ފުޓްސަލް މުބާރާތުގައި ޖުމުލަ 10 ޓީމު ވާދަކުރާއިރު، މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި މަޝްޙޫރު ކުޅުންތެރިން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އަޙުމަދު އަޔާޒް ( އަޔާ) އަލީ ހާފިޒް ( އައްޔަ ހާއްޕެ) އަދި މުބީން އިބްރާހިމް (މުއްކި) ފަދަ ކުޅުންތެރިން ހިމެނެއެވެ.

ރޫޓް 66 ތުނޑީ ފުޓްސަލް މުބާރާތުގައި ބައިވެރިވި ޓީމުތައް:

  • އައުޓްރީފް އެސްސީ
  • ގޯޅި އެސްސީ
  • ރޯޔަލް އެފްސީ
  • ޑީޑީއެފް
  • ޑީކޭއެންޒެޑް
  • ޑޭންޖަރަސް ބޯއީޒް
  • ކަންމަތި އެސްސީ
  • ގޯޅި ޖޭއާރު
  • ޔުނައިޓެޑް ކިލާ
  • ސުޕަސްޓާރ

ލ.ގަމު ތުނޑީ ފުޓްސަލް ދަނޑުގައި ބާއްވާ އެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، އޮންނާނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތަކެވެ. އެއަށް ފަހު ދެން ކުޅޭނީ ސެމީ ފައިނަލްގެ މެޗުތަކެވެ. މި މުބާރާތުގެ ކުޅުން ކުރިޔަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައިވެސް 5 ޓީމް ހިމެނޭގޮތަށެެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ރޫޓް 66 އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ދުވަސްއެމްވީއެވެ.

މެޗުތަކުގެ ޝެޑިއުލް:

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް