ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރު ފިލްމީ ދާއިރާ އާއި ގުޅުން ނެތް މީރާ ރާޖްޕުޓް އައި ކައިވެނި ކުރަން ނިންމައި 2015 ވަނަ އަހަރު އެކަން އިއުލާނު ކުރުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.
ދެމީހުން ދިމާވި ގޮތާއި ދެކެވޭ ވާހަކަތަކުގެ މައުލޫމާތު ހޯދަން އެ ކައިވެންޏަށް ފަސް އަހަރުވެ ދެ ކުދިން ލިބުން އިރުވެސް މީހުން ވަރަށް ޝައުގުވެރިވެ އެވެ. މިފަހަރު ނޫސްވެރިއަކު ޝާހިދާއި ކުރި ސުވާލަކީ ކައިވެނީގެ ކުރިން ދެ މީހުންގެ ފުރަތަމަ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލް ކިޔައި ދިނުމަށެވެ.
ޝަހިދު ބުނީ މީރާ އާއި ދިމާވެ ދެފަރާތު އާއިލާއިން ކައިވެންޏާއި ހަމައަށް ދިއުމުން ދެމީހުން އެކަނި ކޮޓަރިއެއްގައި ބައްދަލުކޮށް ވާހަކަދައްކާލަން ވަގުތުކޮޅެއް ލިބުނު ކަމަށެވެ. އެގަޑީގައި އެންމެ ބޮޑަށް ހިތަށް އެރީ މި ގުޅުން ކުރިޔަށް އޮތް 15 މިނެޓަށް ދިގުދެމިގެންދާނެތޯ ކަމަށެވެ.
އަދި ދެމީހުން މިތިބީ އެކަނި ކޮޓަރެއްގައި ބޮޑު ސޯފާއެއްގައި އިށީނދެގެން ކަން ހިތަށް އެރި ކަމަށެވެ. އެ ބައްދަލުވުމުގައި މީރާ ދެއްކި ވާހަކަތަކާއި ގުޅޭގޮތުން ޝާހިދު ބުނީ ފިލްމެއްގައި އޭނާ މަސައްކަތް ނުކުރާތީ ދެމީހުން އަމިއްލަ ވާހަކަ ދައްކައިގެން އެކަކު އަނެކަކު ދެނެގަންނަން ފަސޭހަ ވާނެ ކަމަށް ބުނި ކަމަށެވެ.
އެ ދެމީހުންގެ އާއިލާ އަކީ ކުރިންވެސް ގާތް ދެ އާއިލާއެވެ. މީރާ ބުނެފައިވާގޮތުގައި ފުރަތަމަ އޭނާއަށް ޝާހިދު ފެނުނީ އުމުރުން 16 އަހަރުގައި އާއިލީ ކައިވެނި ހަފްލާއަކުންނެވެ.
އެ ބައްދަލުވުމުގައިވެސް ދެ މީހުން ވާހަކަ ދައްކާފައެއް ނުވެ އެވެ. މީރާ ޝާހިދު އާއި ކައިވެނި ކުރީ އުމުރުން 21 އަހަރުގައި އެވެ.
މީރާ ފިލްމީ ދާއިރާގައި މަސައްކަތް ނުކުރިޔަސް އޭނާ އަކީ ބޮލީވުޑްގައި ވަރަށް ނުފޫޒުގަދަ މީހެކެވެ. އޭނާގެ ހުރިހާ ފިޔަވަޅަކަށް ނޫސްވެރިންނާއި ޕަޕަރާޒީން ފާރަލައި އެވާހަކަތައް ނޫސްތަކުގައި ގެނެސްދެ އެވެ
ޝާހިދު އާއި މީރާގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ މިޝާ ކަޕޫރާއި ޒައިން ކަޕޫރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް