ދިރާގު އެޕް މެދުވެރިކޮށް ރީލޯޑު ކޮށްގެން ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގު އެޕް މެދުވެރިކޮށް ޕްރިޕެއިޑް ރީލޯޑްކުރާ ކަސްޓަމަރުންނަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. ދިރާގުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ އެ...

14 Sep 2026 | 06:27
N/A

N/A

ދިރާގު އެޕް މެދުވެރިކޮށް ޕްރިޕެއިޑް ރީލޯޑްކުރާ ކަސްޓަމަރުންނަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ އެކަކަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފަވެ އެވެ. ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 100000 ރުފިޔާ ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވެނީ ދިރާގު އެޕް ބޭނުންކޮށްގެން ރީލޯޑްކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި 100 ރުފިޔާގެ ރީލޯޑަކުން ގުރުއަތުގައި އެއް ފުރުސަތު ލިބެއެވެ. 200 ރުފިޔާއަށް ރީލޯޑްކުރާ ނަމަ ދެ ފުރުސަތު އަދި 300 ރުފިޔާއަށް ރީލޯޑްކުރާ ނަމަ ތިން ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ޕްރޮމޯޝަންގައި ރީލޯޑްކުރާ ޢަދަދު ބޮޑުވާ ވަރަކަށް ގުރުއަތުން ހޮވުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ބޭނުމަކީ ޕްރިޕެއިޑް ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ލުއިފަސޭހަ އަދި ފައިދާހުރި ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

މި ޕްރޮމޯޝަންގައި ދިރާގު އެޕް ބޭނުންކުރާ ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް