ބޭރުގެ ބައެއް ޕްލެޓްފޯމްތަކުން ފޮނުވާ ފައިސާ، ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުއްޓާލީ ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހު ކަމަށް ބޭންކުން ބުނެފި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ވިސާ ޑައިރެކްޓް' އާއި "މާސްޓަކާޑް ސެންޑް" މެދުވެރިކޮށް ގިނަ ބަޔަކު ޑޮލަރުގެ މުއާމަލާތަތް ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ މުއާމަލާތްތައް ކަސްޓަމަރުން ކުރަނީ ދިވެހި ރުފިޔާއިން ކަމަށް ވިޔަސް ބޭންކުން ބޭރުވާ ޑޮލަރު އިތުރު ކަމަށެވެ.
އޭނާ ވިދާޅުވީ އޮންލައިންކޮށް ޓްރޭޑް ކުރާ ބައެއް ކަސްޓަމަރުން 15.42 ރުފިޔާގެ ރޭޓުން ބޭރަށް ޑޮލަރު ފޮނުވުމަށް ފަހު، ލިބޭ ޑޮލަރު އޭޓީއެމުން ނެގުމަށް ފަހު ކަޅު ބާޒާރުގައި ބޮޑު އަގުގައި ދިވެހި ރުފިޔާއަށް ބަދަލުކޮށް، އަލުން ދިވެހި ރުފިޔާ އެކައުންޓަށް ޖަމާ ކުރާ ކަމަށެވެ. މީގެ ސަބަބުން ބޭންކުން ބޭރަށް ދާ ޑޮލަރުގެ އަދަދު އިތުރު ކަމަށެވެ.
އޭނާ ވިދާޅުވީ މި ގޮތަށް ގިނަ އަދަދެއްގެ ޑޮލަރު ބޭރަށް ދިޔުމުގެ ސަބަބުން ބީއެމްއެލްގައި ހުރި ޑޮލަރުގެ އަދަދު ދަށްވެ، ޓީޓީ ފަދަ މުހިންމު ބޭނުންތަކަށް ޑޮލަރު ދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ބީއެމްއެލްގެ މި ފިޔަވަޅުގެ ސަބަބުން ބޭންކުން ބޭރަށް ދާ ޑޮލަރުގެ އަދަދު ހިފަހެއްޓި މުހިންމު ބޭނުންތަކަށް ޑޮލަރު ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް