އުމުރުން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހިމެނޭ ސައުތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުންނެވެ. މި މައްސަލަ ހުށަހެޅީ އިއްޔެގެ ވަގުތެއްގައި އެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރީ ޖިންސީ އަނިޔާ އާއި ގުޅިގެން އެ ކުއްޖާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުން އެތަނުން ކަމަށެވެ.
މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މިއަދު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް