މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 70 މީހުން

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 70 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރެއިން 65 މީހުންނަކީ މާ...

14 Sep 2020 | 17:17

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 70 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރެއިން 65 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުން ކަމަށެވެ. އަނެއް ފަސް މީހުންނަކީ އަތޮޅު ތެރެއިން ޕޮސިޓިވްވި މީހުންނެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ 48 ދިވެހިންނާއި 22 ބިދޭސީންނެވެ.

މިހާރު ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 1،668 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 105 މީހުންނަށެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 7،356 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވެފައިވަނީ 9.243 މީހުންނެވެ. އޭގެ ތެރެއިން 33 މީހުން ވަނީ ކޯވިޑް ބަލީގައި މަރުވެފައި އެވެ.

https://twitter.com/HPA_MV/status/1305553559556165633

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް