ތުރުކީއަށް ވެލީގެ ތޫފާނެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ނޫސްތަކުން ބުނެފައިވަނީ މި ތޫފާން އަރާފައިވަނީ ތުރުކީގެ ވެރިރަށް އަންކާރާއަށް ކަމަށެވެ. އަދި މިހާދިސާގައި ގާތްގަޑަކަށް 10 މީހުންނަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މިހާތަނަށް ރިޕޯޓު ލިބިފައިވާ ކަމަށްވެސް ނޫސްތަކުގައި ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އެންމެބޮޑަށް ގެއްލުން ލިބިފައިވަނީ ޕޮލާޓީ ޑިސްޓްރިކަށެވެ. ދެން އެންމެބޮޑު ގެއްލުމެއް ލިބިފައިވަނީ ހޭމަނާ ޑިސްޓްރިކަށެވެ.
މި ތޫފާނުގެ ސަބަބުން އެއްގަމު ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫއަރާ، އެތައް ގަޑި އިރަކަށް ދަތުރުތައް މެދުކަނޑާލަން ޖެހުނު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެހެންނަމަވެސް މި ހާދިސާގައި އެއްވެސް މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު މިހާތަނަށް ލިބިފައި ނުވާ ކަމަށް ތުރުކީގެ އޮފިޝަލުންނާ ޙަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް