އައްޑުސިޓީން ކޮވިޑަށް ޕޮޒިޓިވް ވި ހުރިހާ އެންމެން ރަނގަޅުވެއްޖެ

އައްޑުސިޓީން ކޮވިޑަށް ޕޮޒިޓިވް ވި ހުރިހާ އެންމެން ރަނގަޅުވެއްޖެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ. އެޗްއީއޯސީ އިން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް މި ބައްޔަ...

14 Sep 2020 | 15:45

އައްޑުސިޓީން ކޮވިޑަށް ޕޮޒިޓިވް ވި ހުރިހާ އެންމެން ރަނގަޅުވެއްޖެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީ އިން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް މި ބައްޔަށް އައްޑޫ އިން ޕޮޒިޓިވްވި ހުރިހާ އެންމެންވެސް ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެންމެފަހުން ރަނގަޅުވީ އެސިޓީގެ ގަމުން މި ބައްޔަށް ޕޮޒިޓިވްވި ދެ މީހުން ކަމަށެވެ.

އައްޑުސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެންމެންނަކީވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

ރަށްރަށަށް ހޯމް ކަރަންޓީނަށް ފޮނުވާ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވް ވަމުން އަންނަ އިރު، އެކަމާގުޅިގެން ހޯމް ކަރަންޓީނަށް ފޮނުވާ އުސޫލުތައް މިހާރު ވަނީ ހަރުކަށި ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް