ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ، ސީއެސްސީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފި

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަަން ޑރ އިބްރާހިމް ޙަސަން ސިވިލް ސަރވިސް ކޮމިޝަންއަށް ޢައްޔަނު ކުރެއްވުނު މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން ވޭއްވުނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކ...

14 Sep 2020 | 13:17

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަަން ޑރ އިބްރާހިމް ޙަސަން ސިވިލް ސަރވިސް ކޮމިޝަންއަށް ޢައްޔަނު ކުރެއްވުނު މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ވޭއްވުނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މީޓިންގް ރޫމްގައި މިއަދު ހެނދުނު 11:00 ގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ އިބްރާހިމް ޙަސަން ވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ އޮނިގަނޑު މިހާރު އެކުލަވާލެވިފައިވާ ގޮތުން ދިމާވާ ދަތިތަކާއި ބެހޭގޮޮތުން އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ވަޒީފާ ބަދަލު ކުރެވޭނެ ނިޒާމެއް ހޯދައި ދިނުމާއި، މޯލްޑިވްސް ޕޮލިޓެކްނިކް އަދި ޓިވެޓް އޮތޯރިޓީއަށް ބޭނުންވާ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މުވައްޒަފުން ހޯދުމުގައި އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތުން ހުރި ދަތިތައް ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި ހިއްސާ ކުރެއްވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަކީ ޓެކްނިކަލް ގިނަ މާއްދާތަކެއް ކިޔަވައިދެމުން ގެންދާ ތަނަކަށް ވާއިރު ޓެކްނިކަލް މާއްދާތައް ކިޔަވައިދިނުމަށް ޓީޗަރުން ހޯދުމުގައި ދިމާވާ އެންމެބޮޑު އެއް ދަތިކަމަކީ ޓީޗިންގް ސަނަދެއް އޮތުން ލެކްޗަރަރސް އަށް ލާޒިމުވެފައި އޮތުމެވެ. މިހެން ވުމުގެ ސަބަބުން ބޭނުންވާ އަދަދަށް ލެކްޗަރަރސް ލިބިމުގައި ދަތިތައް ކުރިމަތިވެފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ މަސައްކަތްތައް ތަންފީޒު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަން މެމްބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި އަދި ސިވިލް ސަރވިސް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ޤާނޫނު ތަންދިން އެންމެ ފުޅާމިނެއްގައި ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޑރ އިބްރާހިމް ޙަސަން ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަންގެ އާ މެމްބަރުންތަކާއެކު ހެޔޮ ބަދަލުތަކަކަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރ ޚަދީޖާ އާދަމް އަދި ޑެޕިޔުޓީ މިނިސްޓަރ ޢިސްމާއިލް ޒަބީހް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް