މޯލްޑިވިއަން އިން މެލޭޝިއާއަށް ބާއްވަން ނިންމި ފްލައިޓް އަނެއްކާވެސް ފަސްކޮށްފި

މޯލްޑިވިއަން އިން މެލޭޝިއާއަށް ބާއްވަން ނިންމި ފްލައިޓް ފަސްކޮށްފި އެވެ. މޯލްޑިވިއަން އިން ބުނީ މިގޮތަށް ނިންމީ ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި މިހާރު ނިންމާފައިވާ ގޮތުން...

14 Sep 2020 | 13:04

މޯލްޑިވިއަން އިން މެލޭޝިއާއަށް ބާއްވަން ނިންމި ފްލައިޓް ފަސްކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނީ މިގޮތަށް ނިންމީ ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި މިހާރު ނިންމާފައިވާ ގޮތުން މި ފްލައިޓު އޮންނާނީ އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

ޓްރެވަލް ޑޮކިއުމެންޓުތައް މިހާރު ހަމަކޮށްފައިވާ ފަރާތްތަކަށް ޓިކެޓު ގަނެވޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުންޏެވެ.

ކޮވިޑް19 ގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ރާއްޖެ އައިސްފައިވީ ނަމަވެސް، އެގައުމުގެ އެތެރޭގެ ހާލަތު ހަމައަކަށް އެޅެން ފެށުމުން ސްކޫލުތަކާއި ޔުނިވަރސިޓީތަކުގެ ކިޔެވުން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މި ފްލައިޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 385 ޑޮލަރަށް ވިއްކާ އިރު، މެލޭޝިއާއަށް ދާ މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ މީހުން، ކަރަންޓީނުގެ ޚަރަދު ކުރަންޖެހޭނީ އަމިއްލަ އަށެވެ.

މެލޭޝިއާއަށް މިމަހުގެ 10 ވަނަ ދުވަހު ފްލައިޓެއް ބޭއްވުމަށް މޯލްޑިވިއަން ނިންމުމަށްފަހު، މިމަހުގެ 20 ވަނަ ދުވަހަށް ފަސްކުރީ ގިނަ ދަރިވަރުންގެ އެދުމުގެ މަތިން ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް