މޫން ކޭކު އެޅުމުގައި ޒަންގ ޝޫ ވަރެއް ނެތް!

ޗައިނާގައި 1860 ގެ އަަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "މޫން ކޭކު" އަޅައިގެން ޒުވާނަކު މަޝްހޫރުކަން ހޯދައިފިއެވެ. ބޭކަރީއެއްގައި މަސައްކަތް ކުރާ ޢުމުރުން31 އަހަރުގެ ޒަންގ ޝޫ އަޅާފައި...

14 Sep 2020 | 11:36

ޗައިނާގައި 1860 ގެ އަަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "މޫން ކޭކު" އަޅައިގެން ޒުވާނަކު މަޝްހޫރުކަން ހޯދައިފިއެވެ.

ބޭކަރީއެއްގައި މަސައްކަތް ކުރާ ޢުމުރުން31 އަހަރުގެ ޒަންގ ޝޫ އަޅާފައިވާ މޫން ކޭކު ކެއުމަށްފަހު، އެގައުމުގެ މުސްކުޅިން ބުނެފައިވަނީ އެމީހުންގެ ޒުވާން ދުވަސްވަރު ކެއި މޫން ކޭކާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި ރަހަވެސް ހަމަ އެއްގޮތް ކަމަށެވެ.

ޒަންގ ޝޫ ބުނީ ކާބަފައިން ކައި އުޅުނު ތަކެތި މިހާރު ނެތިދާ ކަމަށާއި އެހެންވެ، އެފަދަ ތަކެތި އަލުން ވުޖޫދު ކުރުމުގެ މަސައްކަތް އޭނާ ފެށީ ކަމަށެވެ.

އެގޮތުން އެތަކެތީގެ މަޢުލުމާތު ހޯދަނީ އިންޓަރނެޓާއި އިހުގެ މީހުންގެ ގާތުން ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެފަދަ ތަކެއްޗަކީ ވަރަށް ކެތްތެރިކަމާއެކު ތައްޔާރުކުރަން ޖެހޭ ތަކެތި ކަމަށާއި އެހެންވެ، ކޮންމެކޮންމެ މީހަކަށް މިކަން ނުވަނީ ކަމަށެވެ.

"މީގަ ވަރަށް ފަރުވާތެރިވާންޖެހޭ، ކެތްތެރިވާން ޖެހޭ. އެހެން ނޫނީ މުޅި އެތި ގޯސްވެދާނެ" ޒަންގ ޝޫ ބުންޏެވެ.

ޒަންގ ޝޫ އިތުރަށް ބުނީ މޫން ކޭކު ހެދީ އަޖުމަ ބެލުމުގެ ގޮތުން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކި ގައުމުތަކުން ނެތި ގެއްލެމުންދާ ކާބޯތަކެތި އަލުން އުފެއްދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް