ކިނބިދޫ އިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ތ. ކިނބިދޫން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅަކާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހައްޔަރު ކޮށްފައިވަ...

14 Sep 2020 | 11:10

ތ. ކިނބިދޫން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅަކާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ 19:44 އެހާކަންހާއިރު ތ. ކިނބިދޫ ރަށުތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެންނެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅު ފެނިފައިވަނީ އެމީހާ ހުއްޓުވައި، ބަލައިފާސްކުރަން އުޅުމުން އޭނާގެ އަތުން އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާއި ގުޅިގެން އެވަގުތު އޭނާ ހުރި ތަން ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިންނެވެ.

މި މައްސަލަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް