ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ނިމިއްޖެ

ސ. ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢު 10 ސެޕްޓެމްބަރ 2020 ގައި ނިމިއްޖެއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮ...

14 Sep 2020 | 11:04

ސ. ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢު 10 ސެޕްޓެމްބަރ 2020 ގައި ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 11 ސެޕްޓެމްބަރ 2019 ގައެވެ.

މި މަޝްރޫޢުގެ ދަށުން 8103 އަކަ މީޓަރު ސަރަޙައްދެއްގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އަދި ފުޓްބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައި ނިންމާފައިވެއެވެ.

މި މަސައްކަތުގެ ދަށުން ދަނޑުގެ ވެލިގަނޑު އެއްވަރު ކުރުމާއި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ.

މި މަޝްރޫޢަކީ 2.49 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް