ދުވާފަރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

ރ. ދުވާފަރު މަގުތައް ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 37.8 މިލިއަން ރުފިޔާ އަށެވެ. މި އެއްބަސްވުމުގައި ޕްލޭނިނ...

14 Sep 2020 | 09:52

ރ. ދުވާފަރު މަގުތައް ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 37.8 މިލިއަން ރުފިޔާ އަށެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ދުވާފަރުގައި ފައިމަގުގައި ހިނގޭގޮތަށް4،960 އަކަމީޓަރުގެ ސަރަހައްދެއް ގާއިމް ކުރާނެ އެވެ. އަދި މަގުތަކުގައި ދުއްވޭގޮތަށް 17،790 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމް ކުރާނެ އެވެ.

މީގެ އިތުރުން މި މަޝްރޫއު ނިމޭއިރު މަގު ބައްތި އާއި ނިޝާން ހަރުކުރުމާއި ކޭޕްބަލް ވަޅުލާނެ ކަމަށް ބުނެ އެވެ.

މި މަސައްކަތް ނިންމަން އެމްޓީސީސީއަށް ދީފައިވަނީ300 ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް