ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ހިންގި މަޝްރޫއު ނިންމާލައިފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މ. ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ހިންގި މަޝްރޫއު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު ވަނީ ވަރޗުއަލް ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރ...

14 Sep 2020 | 09:41

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މ. ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ހިންގި މަޝްރޫއު ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު ވަނީ ވަރޗުއަލް ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު އަދި ކޮޅުފުށި ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ބައިވެރިވެވަޑައިގަތެވެ.

1.5 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢަކީ އިންޑިއާއިން 2019 ވަނަ އަހަރު ދެއްވާފައިވައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހިންގުނު މަޝްރޫއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮޅުފުށިގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަޝްރޫޢަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ އެހީ ހަމަޖައްސަވައިދެއްވިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮޅުފުށީގެ މަތުގަތައް އަލިކުރެވުމުން، އެރަށުގައި ހިންގާ ކުށްތައް މަދުކުރެވި، ރަށުގެ ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެއްވާފައިވާ 106 މިލިއަން ރުފިޔާގެ ތެރެއިން ހިންގާ މަޝްރޫއުތައް މެނޭޖްކުރަމުންދަނީ މަޝްރޫޢު ހިންގާ ރަށްތަކާއި، ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް