ކޯވިޑުން ރަނގަޅުވެ މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ކޯވިޑް-19 އަށް ފަރުވާ ހޯއްދެވި ކުރީގެ ރައީސް މައުމުން އަބްދުލް ގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. އެމަނިކުފާނު ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ މަހު...

14 Sep 2020 | 09:10

ކޯވިޑް-19 އަށް ފަރުވާ ހޯއްދެވި ކުރީގެ ރައީސް މައުމުން އަބްދުލް ގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އެމަނިކުފާނު ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 ޖެހިވަޑައިގެންނެވި އިރު އެމަނިކުފާނުގެ އުމުރުފުޅުން މިހާރު 82 އަހަރެވެ.

އެމަނިކުފާނު ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ، ހުމުގެ އާލާސްކަންފުޅެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ހެއްދެވި ޓެސްޓުންނެވެ. އޭރު ވެސް އަދި ފަހުން ވެސް އެމަނިކުފާނުގެ ހަށިކޮޅުގައި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

މައުމޫން ބައްޔަށް ޕޮސިޓިވްވުމުން އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އާއިލާގެ އެހެން ހުރިހާ ބޭފުޅުން ކޯވިޑަށް ޓެސްޓު ކުރެއްވި އެވެ. އެކަމަކު އެންމެންގެ ނަތީޖާ ނެގެޓިވް އެވެ.

https://twitter.com/maumoonagayoom/status/1305431072717467648

މައުމޫން ހޮސްޕިޓަލްގައި ފަރުވާ ހޯއްދަމުން ގެންދެވި އިރު ވަނީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް