އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އާއި ވެސްޓް ބްރޮމް ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކު ލެސްޓާއިން ކާމިޔާބު ކޮށްފިއެވެ.
ވެސްޓް ބްރޮމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ލެސްޓާއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާ އަކުންނެވެ.
ރޭގެ މި މެޗުގައި ލެސްޓާއިން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފަށް ނިކުމެ ލެސްޓާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ލެސްޓާއިން ވަނީ މެޗުގެ 56 ވަނަ މިނަޓްގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނިސް ޕްރާޓްގެ އެހީއާއެކު މެޗުގެ ފުރަަތަމަ ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ ޓިމޮތީ ކަސްޓާންޔޭއެވެ. ލެސްޓާގެ އަނެއް ދެ ލަނޑު މެޗުގެ 74 ވަނަ މިނެޓާއި 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީތަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ޖެމީ ވާޑީއެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ވެސްޓް ބްރޮމް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިވިއިރު، ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ތިން ކުލަބުވެސް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެރޭ ޗެމްޕިއަން ލިވަޕޫލް އަތުން 4-3 ން ލީޑްސް ޔުނައިޓެޑް ބަލިވިއިރު، ހޮނިހިރު ދުވަހުގެ ހަވީރު ފުލަމް ވަނީ އާސެނަލް އަތުން 3-0 ން ބަލިވެފައެވެ.
ލެސްޓާ ސިޓީ ދެން ކުޅެން ޖެހޭ މެޗުގައި ނިކުންނާނީ ބާންލީ އާއި ދެކޮޅަށެވެ. އަދި ވެސްޓް ބްރޮމް ނިކުންނާނީ ރަށުން ބޭރުގައި ޓޮޓެންހަމް އަތުން މޮޅުވި އެވަޓަންއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް