އިގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ޓޮޓެންހަމް ބައްދަލު ކުރި މެޗު އެވަޓަން އިން ކާމިޔާބު ކޮށްފިއެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެވަޓަން އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފް ގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 16 ވަނަ މިނެޓުގައި އެވަޓަން އަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އެގޮތުން އެވަޓަންގެ ރިޗާލިސަން ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހިފައިގެން ދިޔަ ބޯޅަ ގޯލްކީޕަރު ހޫގޯ ލޮރިސް ވެސް ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހަމް އަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު، އެޓީމަށް ވަނީ ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް ވެސް ނުލިބިފައެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ފަރާތުން ފެނިގެން ދިޔައީ ދައް ކުޅުމެކެކެވެ.
މެޗުގެ ފުރަތަމަ ހާފު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ދެވަނަ ހާފަށް ކުޅެން ނިކުމެ ވެސް އެވަޓަން އިން ރަނގަޅަށް ކުޅެމުން ދިޔައިރު، މެޗުގައި އެވަޓަންއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 55 ވަނަ މިނެޓް ގައެވެ. މި ލަނޑަކީ ލޫކަސް ޑީނިއޭ ހުރަސްކޮށްދިން ބޯޅައަކުން ޑޮމިނިކް ކަލްވެޓް-ލެވިން ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މި މެޗުން މޮޅުވި އެވަޓަން ދެން ނިކުންނާނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ. އަދި ޓޮޓެންހަމް ނިކުންނާނީ ރަށުން ބޭރުގައި ސައުތެމްޕްޓަންއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް