ކުޑަކުދިންގެ ހާއްސަ ޑަކުޓަރު، ޑރ. ފައިސަލް އަހަމްދު ބެލެނިވެރިންނަށް ހާއްސަ އިލްތިމާސެއް ކުރައްވައިފިއެވެ.
އެގޮތުން ޑރ. ފައިސަލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާއަވަސްއަވަހަށް ފާހާނާއަށް ދިއުމާއި ބޮލާއި ކަނދުރާ އަދި ގައިގައި ރިއްސުން ފަދަ އަލާމާތްތައް ކުޑަކުދިންގެ ގައިން ފެންނަކަމަށާއި ބެލެވޭގޮތުގައި އެކަން އެގޮތަށް ދިމާވަނީ ކުދިން ގޭގައި ތިބެ ތިބެ ސްޓްރެސް ވާތީ ކަމަށެވެ.
"އެކަމަކު ޖެހޭނެ ބައްޔެއް އުޅޭތޯ ބަލަން، ދެ ކުއްޖެއްގެ ގައިން ހަކުރު ބަލި، އެއް ކުއްޖެއްގެ ގައިން ކެންސަރު ފެނިއްޖެ" ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.
އެ ޓްވީޓްގައި ޑރ. ފައިސަލް ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައިވަނީ ކުދިން ސްކްރީން ޓައިމް މަދު ކުރުމަށާއި ކުދިން ކަސްރަތާއި ކުޅިވަރަށް އަހުލުވެރި ކުރުވުމަށެވެ.
https://twitter.com/Faisalnaifaru/status/1305102846023487489
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް