ޕަބްޖީ ގޭމަށް ދެވި ހިފާފައި ހުރި އިންޑިއާގެ ކުއްޖަކު އެ ގޭމުގެ ފޯރީގައި އެ ކުއްޖާގެ ކާފަގެ ޕެންޝަން ފަންޑު ހުސްކޮށްލައިފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ވެރިރަށް ދިއްލީގައި ހިނގި މި ހާދިސާ ފެންމަތިވީ އެ ކުއްޖާ، ކުއްޖާގެ ކާފަގެ ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ޕަބްޖީއަށް ހަރަދުކުރަމުންގޮސް އެ އެކައުންޓްގެ ބެލެންސް 275 ރުޕީސްއަށް ވި ފަހުންނެވެ. އެ އެކައުންޓަކީ 2.3 ލައްކަ ރުފިޔާ ހުރި އެކައުންޓެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުއްޖާގެ ކާފައަށް، އެ އެކައުންޓުން ފައިސާ މަދުވާކަން އެނގުނީ ފޯނަށް އައި މެސެޖެއް ފެނިގެންނެވެ. އެކަން ޕޮލިހަށް ހުށަހެޅުމުން ޕޮލިހުން މައްސަލަ ބަލަން ފެށިއެވެ. އަދި އެ އެކައުންޓުން ފައިސާ ބޭނުންކުރަމުންދިޔައީ ކާފަ ދަރިކަން އެނގުނީ ޕޮލިހުން ކުރި ތަހުގީގުން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ޕަބްޖީއަކީ އެ ގޭމަކަށް ވަރަށް ދެވި ހިފާ ގޭމެކެވެ. ބައެއް ގައުމުތަކުގައި މި ގޭމު މަނާވެސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް