ކޮވިޑް-19: ހަފްތާއަކަށްފަހު އަދަދު 100 އިން މައްޗަށް

ކޮވިޑް-19 އަށް ރާއްޖެއިން ދުވާލަކަށް ޕޮޒިޓިވް ވާ އަދަދު ހަފްތާއެއް ވަންދެން 100 އިން ދަށުގައި ހުރުމަށްފަހު އަދަދު 100 އިން މަތިވެއްޖެއެވެ. އެގޮތުން އިއްޔެގެ އަދަދުތަކަށް ބަލާއިރު 121 މީހަކު މިވަނީ ޕޮޒ...

14 Sep 2020 | 00:26

ކޮވިޑް-19 އަށް ރާއްޖެއިން ދުވާލަކަށް ޕޮޒިޓިވް ވާ އަދަދު ހަފްތާއެއް ވަންދެން 100 އިން ދަށުގައި ހުރުމަށްފަހު އަދަދު 100 އިން މަތިވެއްޖެއެވެ.

އެގޮތުން އިއްޔެގެ އަދަދުތަކަށް ބަލާއިރު 121 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. އެއީ 75 ދިވެހިންނާއި 46 ބިދޭސީންނެވެ. އަދަދު 100 އިން މައްޗަށް އަރާފައިމިވަނީ ހަތް ދުވަސް ފަހުންނެވެ.

އެގޮތުން ކުރީގެ ހަތް ދުވަހަށް ބަލާލާއިރު 12 ސެޕްޓެމްބަރުގައި ޕޮޒިޓިވް ވެފައިވަނީ 62 މީހެކެވެ. 11 ސެޕްޓެމްބަރުގައި 90 މީހަކު ޕޮޒިޓިވް ވެފައިވާއިރު 10 ސެޕްޓެމްބަރުގައި ޕޮޒިޓިވް ވެފައިވަނީ 66 މީހެކެވެ. އަދި 09 ސެޕްޓެމްބަރުގައި 93 މީހަކު ޕޮޒިޓިވް ވި އިރު 08 ސެޕްޓެމްބަރުގައި ޕޮޒިޓިވް ވީ 74 މީހެކެވެ.

އިއްޔެގެ އަދަދު 121 އަށް އަރާފައިވާއިރު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ ޖުމްލަ އަދަދު މިވަނީ 9173 އަށް އަރާފައެވެ. ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 32 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް