އައްޑޫސިޓީ އަދި ލާމުގައި އުރީދޫގެ ޑިޖިޓަލް ސެންޓަރ ހުޅުވައިފި

އައްޑޫ ސިޓީ ހިތަދޫ އަދި ލ. ގަމުގައި އުރީދޫގެ ޑިޖިޓަލް ސެންޓަރު ހުޅުވައިފިއެވެ. އުރީދޫއިން ބުނީ މި ސެންޓަރުތަކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށާއި މި ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން...

14 Aug 2020 | 18:52

އައްޑޫ ސިޓީ ހިތަދޫ އަދި ލ. ގަމުގައި އުރީދޫގެ ޑިޖިޓަލް ސެންޓަރު ހުޅުވައިފިއެވެ.

އުރީދޫއިން ބުނީ މި ސެންޓަރުތަކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށާއި މި ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި ޕްރިޕެއިޑް ރީޗާޖްކޮށް، ބިލަށް ފައިސާދެއްކުމުގެ ހިދުމަތާއި އެމްފައިސާ އެކައުންޓަށް، ފައިސާ ޖަމާކުރުން ފަދަ ހިދުމަތް ލިބޭނެ ކަމަށެވެ.

https://twitter.com/OoredooMaldives/status/1294214852450217985

އައްޑޫ ސިޓީ ހިތަދޫ އަދި ލ. ގަމުގައި އުރީދޫގެ ޑިޖިޓަލް ސެންޓަރ ހުޅުވާފައިވާއިރު މިދިޔަ ޖޫން މަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ އަދި ފުވައްމުލަކު ސިޓީގައިވެސް އުރީދޫގެ ޑިޖިޓަލް ސެންޓަރު ހުޅުވާފައިވެއެވެ.

https://twitter.com/OoredooMaldives/status/1294232891786801152

މާލެ، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އުރީދޫގެ ޑިޖިޓަލް ސެންޓަރުތައް ހުޅުވާފައިވާއިރު އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ޒަމާނީ ޓެކްނޯލޮޖީއާއެކު އެ ކުންފުނީގެ ހިދުމަތް ފުރިހަމަ ކުރުމަށެވެ.

އެގޮތުން، ސެންޓަރުތަކުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް ސޯޝަލް ޑިސްޓެންސިން ބަހައްޓައިގެން ރައްކާތެރިކަމާއެކު ހިދުމަތް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމުގައިވެސް އުރީދޫއިން ދެކެއެވެ.

އުރީދޫއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ހިދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، ކުރިޔަށް އޮތްތަނުގައި އިތުރު ޑިޖިޓަލް ސެންޓަރުތަކެއް ގާއިމްކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އުރީދޫއަކީ ރާއްޖޭގައި މި ހިދުމަތް ތައާރަފު ކުރި ފުރަތަަމަ ކުންފުންޏެވެ. އަދި 24 ގަޑި އިރު މި ހިދުމަތްދޭ ހަމައެކަނި ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް