މެސީ އާއެކު ބާސެލޯނާއަށް އެހެން ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ކަމަށާއި، ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންގެ ގޮތުގައި ބަލާ ބަޔާން މިޔުނިކް ވެސް، ކުއާޓާާ ފައިނަލްގައި ބަލިކުރެވޭނެ ކަމަށް މަޝެރާނޯ ބުނެފިއެވެ.
ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ މަޝެރާނޯ މިހެން ބުނެފައިވާއިރު، މެސީ އަންނަނީ މި ސީޒަންގައި ވެސް ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރައުންޑް އޮފް 16 ގެ ދެ ވަނަ ލެގުގައި ނަޕޯލީއާ ދެކޮޅަށް މެސީގެ ފުރިހަމަ، ނަލަ ޖާދޫ ދައްކާލިއިރު، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ ވަނީ މި ސީޒަންގައި މިހާތަނަށް 31 ލަނޑު ޖަހާފައެވެ.
ބާސެލޯނާ އާއެކު އަނެއްކާ ވެސް ޗެމްޕިއަންސް ލީގުގެ ތައްޓެއް ހޯދުމުގެ އުންމީދުގައި ހުރި އާޖެންޓީނާ ތަރި މެސީ މިރޭ ނުކުންނާނީ ވަރަށް ވެސް ރަނގަޅު ފޯމެއްގައި އޮތް ބަޔާންއާ ދެކޮޅަށެވެ. ބަޔާން ހުރިހާ މުބާރާތަކުން އެންމެ ފަހުން ކުޅުނު 27 މެޗުގެ ތެރެއިން 26 މެޗުން މެޅުވެފައިވާއިރު، ރައުންޑް އޮފް 16 ގައި ޗެލްސީ ބަލިކުރީ 7-1 ގެ ތަފާތު ބޮޑު އެގްރިގޭޓަކުންނެވެ. ބަޔާންގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެ ޓީމުގެ ފޯވާޑް ލެވަންޑޯސްކީ އެވެ.
<
????Messi or Lewandowski?
— UEFA Champions League (@ChampionsLeague) August 14, 2020
Which superstar would you ???????????????? ???????????????? ???????? ???????????? in the last four? ????♂️#UCL pic.twitter.com/bWvA9BZgtk
>
ބަޔާން ކިތަންމެ ރަނގަޅު ފޯމެއްގައި އޮތަސް ވެސް، މެސީގެ އާދަޔާ ޚިލާފު ހުނަރާއެކު، ބާސާއަށް ބަޔާން ބަލިކުރެވޭނެކަމަށް މަޝެރާނޯ ގަބޫލުކުރެވެއެވެ.
"ފިޒިކަލީ ވަރަށް ރަނގަޅު ބައެއް ކުޅުންތެރިންނާއެކު ބަޔާންއަކީ ވަރަށް މޮޅު ޓީމެއް. އެކަމަކު ވަން-އޯފް މެޗެއްގައި (އެއް ލެގަށް ކުޅޭ ނޮކް-އައުޓް މެޗެއް) ކޮންމެ ކަމެއް ވެސް ހިނގާފާނެ. އަހަރެންނަށް ޔަގީން ބާސެލޯނާއަށް މިކަން ވާނެކަން" އުފަން ގައުމު އާޖެންޓީނާގެ ކްލަބަކަށް މިހާރު ކުޅެމުން އަންނަ މަޝެރާނޯ ކަޓަލަން ޑެއިލީ އަރާ އަށް ދިން އިންޓަވިޔުއެއްގައި ބުންޏެވެ.
"ބާސެލޯނާއިން ޖެހޭނީ މެޗު ކޮންޓްރޯލް ކުރަން. އެއީ އަމިއްލަ އޭރިޔާ ކައިރީގައި ޑިފެންޑް ކުރުން އެއީ ބާސާއަށް އުނދަގޫ ކަމެއް. އެ މީހުންނަށް މެޗު ކޮންޓްރޯލް ކުރެވިއްޖެނަމަ ދެން އޮންނާނީ ވަކިވަކި ކުޅުންތެރިންގެ ހުނަރުވެރިކަމުން ހޯދާ ފުރުސަތުތައް"
"ބާސެލޯނާއަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ މައިގަނޑު ސަބަބަކީ މެސީ. އޭނާއަށް އެނގޭނެ ބާސާއަށް އޮތީ ފައިނަލާ ދެމެދު އެންމެ 2 މެޗުކަން. އަހަންނަށް ފެނުނު ނަޕޯލީއަށް ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ފަރާތުން އޭނާ މިކަން ބޭނުންވާ މިންވަރު (ޗެމްޕިއަންސް ލީގު ހޯދުން)"
<
???? 10 European cups between them.
— UEFA Champions League (@ChampionsLeague) August 14, 2020
???? 2 heavyweights go head-to-head in Lisbon!
Barcelona or Bayern? ????#UCLfixtures @gazpromfootball #UCL
>
މިރޭ ރާއްޖެ ގަޑިން 00:00 ގައި ފަށާ ކުއާޓާ ފައިނަލް މެޗުގައި ބާސެލޯނާގެ ކުރިއަށް ކުޅޭނެ ކަމަށް ބެލެވެނީ މެސީއާއެކު ލުއިސް ސުއަރޭޒް އާއި ގްރީޒްމަން އެވެ. އެހެނަސް، ސުއަރޭޒްގެ ރިޕްލޭސްމަންޓެއްގެ ގޮތުގައި އިންޓަ މިލާންގެ ލައުޓާރޯ މާޓިނޭޒް ހޯދުމަށް ބާސާއިން މަސައްކަތް ކުރަމުން އަންނައިރު، މަޝެރާނޯ ވަނީ އޭނާ އިންޓަވިޔުގައި މާޓިނޭޒަށް ވެސް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް