"އަހަރެމެން" ނަމުގައި ހާއްސަ ޕްރޮގްރާމެއް ފިޔަވަތީގައި ހިންގަނީ

ފިޔަވަތީގާއި ދިރިއުޅެމުންދާ ކުޑަކުދިންނަށް އަމާޒުކޮށްގެން "އަހަރެމެން" ނަމުގައި ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ނިންމައިފި އެވެ. އެ ޔު...

14 Aug 2020 | 12:24

ފިޔަވަތީގާއި ދިރިއުޅެމުންދާ ކުޑަކުދިންނަށް އަމާޒުކޮށްގެން "އަހަރެމެން" ނަމުގައި ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ނިންމައިފި އެވެ.

އެ ޔުނިވާސިޓީ އިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމްގެ މަގްސަދަކީ ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިން އަކީ ވެސް ލޯތްބާއި އަޅާލުން ލިބިގެންވާ ކުދިންތަކެއްކަމުގެ އިހުސާސްތައް އުފައްދައި ޒިންމާދާރު، އުފެއްދުންތެރި މުސްތަގްބަލެއް އޮތް ކުދިބަޔެއްކަމުގެ އުންމީދާއި ހިތްވަރު އެކުދީންގެ ހިތްތަކުގައި އުފައްދައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ޒޫމް މެދުވެރިކޮށް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފިޔަވަތީގައި ދިރިއުޅެމުންދާ އުމުރުން 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އައިޔޫއެމް އިން ވަނީ ބުނެފައެވެ.

އައިޔޫއެމް އިން ބުނީ މި ޕްރޮގްރާމް ހުށަހެޅުމުގައި އެ ޔުނިވާސިޓީގެ ފަރާތްތަކާއި ދީނީ، އިޖްތިމާއީ، ނަފްސާނީ ދާއިރާގެ އެކި އެކި މާހިރުން ކަމަށާއި، ކޮންމެ ދުވަހެއްގެ ޕްރޮގްރާމްގައި ހިޔާރުކުރެވޭ މައުޟޫއަކާއި ގުޅޭ ގޮތުން އިބްރަތްތެރި، އަދި ކުޑަކުދީންނާ ގުޅޭ، އަދި އެ ދުވަހަކު ވާހަކަ ދެއްކި މައުޟޫއުގެ އަސާސީ ތީމާ ގުޅޭގޮތުން، ހިތްވަރާއި ނަސޭހަތުން ފުރިގެންވާ އިބްރަތްތެރި ވާހަކައެއް އެ ކުދިންނާއި ހިއްސާ ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް