ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ ހިލާފުވި އަންހެނަކު އައްޑޫ ސިޓީ ފޭދޫން ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވުމާ ގުޅިގެން އުމުރުން 35 އަހަރުގެ ދިވެހި އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ސ. ފޭދޫން އިއްޔެ ހައްޔަރުކޮށްފައިވާކަމަށެވެ.
އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް