ރައީސް ޔާމީނަށް ކުރާ ދެ ދައުވާއެއްގެ އަޑުއެހުން އާދިއްތަދުވަހު ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޯޓަށް ހުށައަޅާފައިވާ ދެ ދައުވާގެ ޝަރީއަތްތައް އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ފެށުމަށް ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ. ކުރިމިނަލް ކޯޓުން ޝަރީއަ...

14 Aug 2020 | 11:27

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޯޓަށް ހުށައަޅާފައިވާ ދެ ދައުވާގެ ޝަރީއަތްތައް އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ފެށުމަށް ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

މަނީ ލޯންޑަރިން ކުށް ސާބިތުވެ މިހާރުވެސް 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް މި ދައުވާތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށައެޅީ މިދިޔަ ޖޫންމަހުގެ 28 ވަނަދުވަހުއެވެ.

ޕީޖީ އޮފީހުން ހުށައެޅި މި މައްސަލާގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކ. މާލެ، މއ. ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޝާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު، ދިވެހިން ރުފިޔާއިން ނަމަ 17.2 މިލިއަން ރުފިޔާ) ހޯދާފައިވާކަމަށެވެ.

އަދި މި ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލާގައި ހިމެނޭ ކުށް ކޮށްގެން ހޯދާފައިވާ 20.8 މިލިއަން ރުފިޔާ އާއި ކުށުގެ އަމަލުން ހޯދި ފައިސާ އާއި އެއްކޮށްފައިވާ 35.3 މިލިއަން ރުފިޔާގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 534 މިލިއަން ރުފިޔާ ދައުލަތަށް ހޯދަން މަސައްކަތް ކުރާނެކަމަށްވެސް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.

މިމައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން

އެންޑް އެސެޓް ރިކަވަރީ ގުޅިގެން ހިންގާފައިވާ ތަޙްޤީޤެކެވެ.

މަނީ ލޯންޑަރިން ކުށް ސާބިތުވެގެން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްދިނުމަށް ހުށައެޅި އިސްތިއުނާފު މައްސަލާގައި ދެން އޮންނާނީ އެންމެ ފަހު އަޑުއެހުމެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ 1 މިލިއަން ޑޮލަރަކީ ސިޔާސީ ހަރަކާތްތަކަށް މީހުން ދީފައިވާ ފައިސާގެ ތެރެއިން ބައެއް ކަމަށެވެ. އަދި އެ ފައިސާ ބަލައި ދިޔައީ އޭރުގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އާއި އޭރު ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަދީބު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮން ބައެއް ދިން ފައިސާއެއްކަމެއް ވިދާޅެއްނުވެއެވެ. މީގެއިތުރުން

މި މައްސަލާގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށްްލުމުގެ އިތުރުން 5 މިލިއަން ޑޮލަރު ދެއްކުމަށް ކުރި ހުކުމާއި އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް ބަންޑާރަ ނައިބު ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް އަންގަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް