ފިލްމީ ތަރި މުހައްމަދު ޔުނާންގެ އާއި ފާތުމަތު ރިހުލާގެ ދަރިފުޅު، ޔޫން މުހައްމަދު ޔުނާންގެ ހިތުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އާއިލާއިން ބުނެފިއެވެ.
ޔުނާން އިންސްޓަގްރާމް ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ޔޫންގެ އޮޕަރޭޝަން ވަަރަށް ކާމިޔާބު ކަމަށާއި، ޔޫންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މިއަދު ހެނދުނު އިންޑިއާ ގަޑިން 8:00 ގައި ޔޫންގެ އޮޕަރޭޝަން ފަށާފައި ވާއިރު، އެއީ އަށް ގަޑިއިރުގެ އޮޕަރޭޝަނެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޔޫންގެ މަންމަ ރިހުލާ ބުނެފައި ވެއެވެ.
އާއިލާއިން ރޭ ބުނީ، ބޭނުންވަނީ އެންމެންގެ ހެޔޮ ދުއާ ކަމަށެވެ.
ޔޫންގެ އޮޕަރޭޝަން ކޮށްފައި ވަނީ، ކޮޗިންގެ ލިސީ ހޮސްޕިޓަލުގައެވެ. ޔޫންގެ އޮޕަރޭޝަން ކޮށްފައި ވަނީ އޭނާގެ ފުރަތަމަ އޮޕަރޭޝަންވެސް ކާމިޔާބު ކަމާއެކު ކުރި، ޑރ. ސުނިލްއެވެ. އަދި ޑރ. ސުނިލްގެ އިތުރުން ޑރ. އެލީނާވެސް ވަނީ މި އޮޕަރޭޝަންގައި ބައިވެރިވެފައެވެ. ޔޫންގެ އާއިލާއިން ވަނީ މި ދެެ ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފައެެވެ.
ޔޫންއަކީ ހިތުގެ ބައްޔެއް ހުންނަ ކުއްޖެކެވެ. ޔޫންގެ ދެވަނަ އޮޕަރޭޝަން ކުރުމަށް އިންޑިއާއަށް ގޮސްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް