ހަވާލުކުރި 50 ވެންޓިލޭޓަރު ގެނެސްދެވިއްޖެ، ގައުމަށް ހިދުމަތް ކުރަން ލިބުނު ފުރުޝަތަށް ޝަރަފުވެރިވަން: މެޑްޓެކް

ކޯވިޑާއި ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރު ތަކުގެ ތެރޭން މެޑްޓެކް މޯލްޑިވްސް އާއި ހަވާލުކުރި ހުރިހާ ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފިއެވެ. މެޑްޓެކާއި ހަވާލުކޮށްފައިވަނީ 50 ވެންޓިލޭޓަރު ގެނައުމަށެވެ. ...

14 Aug 2020 | 11:04

ކޯވިޑާއި ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރު ތަކުގެ ތެރޭން މެޑްޓެކް މޯލްޑިވްސް އާއި ހަވާލުކުރި ހުރިހާ ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފިއެވެ.

މެޑްޓެކާއި ހަވާލުކޮށްފައިވަނީ 50 ވެންޓިލޭޓަރު ގެނައުމަށެވެ. އިއްޔެ އޭގެން އެންމެ ފަހު 14 ވެންޓިލޭޓަރު ގެނެސްފައިވާއިރު މެޑްޓެކުން ބުނެފައިވަނީ ގައުމަށް ދިމާވެފައިވާ ނާޒުކު މި ދަނޑިވަޅުގައި ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު މެޑްޓެކަށް ލިބުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރު ގނެސްފައިވާއިރު 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް އޭގެން އަދި ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ލިބޭނެ ތާރީހެއްވެސް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް