އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ މައްސަލަ ހޫނުވެފައިވާއިރު މިހާރު އެމްޑީޕީގެ ތެރޭގައި އެ ހިނގަނީ އެތެރޭގެ ބަގާވާތެއް ކަމުގައި ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން އަދި ޕީޖީ ލީޑަރުކަންވެސް ކުރެއްވި މޫސަ ވިދާޅުވެފައިވަނީ ބަގާވާތް ކުރީމަ ބާގީއަކަށް ވާނީ ވަކި މީހެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނެގުމުގެ މަސައްކަތް ފަށަން ޖެހޭނީ ޕާޓީގެ ގައުމީ މަޖިލީހުން އެގޮތަށް އިގުރާރުވުމަށްފަހު ގައުމީ މަޖިލީހުން ޕީޖީ ގްރޫޕަށް ރަސްމީކޮށް އަންގަން ޖެހޭ ކަމަށެވެ.
ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން އުޅޭއިރު އެމްޑީޕީގެ ތެރޭގައި މިކަން ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް