އައިލެންޑް އެކްސްޕާޓުން ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލައި އެއްބަސް އުވާލަނީ

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލައި އެއްބަސް އުވާލަން ނިންމައިފިއެވެ. "މިހާރު" ...

14 Aug 2020 | 09:27

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލައި އެއްބަސް އުވާލަން ނިންމައިފިއެވެ.

"މިހާރު" ނޫހަށް މައުލޫމާތު ދެމުން އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑައިރެކްޓަރު އަނޮން ސޮންގްޕަންޔާ ވިދާޅުވީ، މަސައްކަތް ދޫކޮށްލަން ހުށަހެޅީ ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ ހެދި ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ލިބުނު ގެއްލުމާ އެކު ވަރަށް ގިނަަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލަން ޖެހުނު ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގެއްލުންވެ، ވަރަށް ގިނަ މުވައްޒަފުން ދޫކޮށްލަން ޖެހުނީ. އެހެންވެ އެއްބަސްވުން އުވައިލަން ހުށަހެޅީ،" އަނޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްބަސްވުން އުވާލަން، ފުލުހުންގެ ކޯޕަރޭޓިވް، ޕޮލްކޯއާ އެކު މަޝްވަރާކޮށް އެގޮތަށް ނިމިފައިވާ ކަމަށެވެ. އެކަމަކު ޕޮލްކޯގެ ބަހެއް މިކަމާ ބެހޭ ގޮތުން އަދި ނުލިބެ އެވެ. ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްކުރަނީ ޕޮލްކޯއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލިޔަސް، ސިފައިންގެ ކޯޕަރޭޓިވް ކަމަށްވާ ސިފްކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ސިފައިންނަށް ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އަނޮން ވިދާޅުވި އެވެ. ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލަން ނިންމި އިރު އެތަނުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ވަނީ އަށް އަހަރަށް ވުރެ ދިގުލައިގެން ގޮސްފަ އެވެ. އެ މަސައްކަތް އައިލެންޑް އެކްޕާޓުން ފުރަތަމަ ނެގީ ނޫމަޑިން ސަބްކޮންޓްރެކްޓަށެވެ. އަނޮން އަކީ އޭރުގައި ނޫމަޑީގެ ހިިއްސާދާރެކެވެ.

ނޫމަޑީގެ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައި އައިލެންޑް އެކްސްޕާޓުން ހަތަރު އަހަރު މަސަައްކަތްކުރި އެވެ. ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން ޕޮލްކޯ އާއި ސިފްކޯ އިން އުވާލުމަށް ފަހު އައިލެންޑް އެކްސްޕާޓަށް ސީދާގޮތެއްގައި މަސައްކަތް ހަވާލުކުރިތާ ވެސް މިހާރު ހަތަރު އަހަރު ވެއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް