މެލޭޝިޔާގައި ހޯމް ކަރަންޓީނާ ހިލާފުވި މީހަކު ބޮޑު ޖޫރިމަނާއަކާއެކު ފަސް މަހަށް ޖަލަށް

މެލޭޝިޔާގައި ހޯމް ކަރަންޓީނާ ހިލާފުވި އިންޑިއާ ރައްޔިތަކު ފަސް މަސް ދުވަހަށް ޖަލަށް ލުމަށް މެލޭޝިޔާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ. މިގޮތުން މި ހުކުމް އިއްވާ ޖަލަށް ލާފައިވަނީ އުމުރުން 57 އަހަރުގެ ނެޒާރ...

14 Aug 2020 | 08:52

މެލޭޝިޔާގައި ހޯމް ކަރަންޓީނާ ހިލާފުވި އިންޑިއާ ރައްޔިތަކު ފަސް މަސް ދުވަހަށް ޖަލަށް ލުމަށް މެލޭޝިޔާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މިގޮތުން މި ހުކުމް އިއްވާ ޖަލަށް ލާފައިވަނީ އުމުރުން 57 އަހަރުގެ ނެޒާރު މުހައްމަދު ސަބުރު ބައްޗާ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ މެލޭޝިޔާގައި ރެސްޓޯރެންޓެއްވެސް ހިންގަމުން އަންނަ މީހެއް ކަމަށް ބުނެފައިވެއެވެ.

މެލޭޝިޔާ ނޫސްތަކުގައި ބުނެފައިވާގޮތުގައި އޭނާ ހޯމް ކަރަންޓީނާ ހިލާފުވުމުގެ ސަބަބުން ގިނަ ބަޔަކު ކޯވިޑް-19 އަށް ހުށަހެޅިފައިވެއެވެ.

ޖަލަށް ލުމުގެ އިތުރުން 3925 ޑޮލަރުގެ ޖޫރިމަނާއެއްވެސް ކޮށްފައިވެއެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި ނެޒާރުގެ ފުރަތަމަ ޓެސްޓް ގެނަޓިވް ވި ނަމަވެސް ދެވަނަ ޓެސްޓްގެ ނަތީޖާ ލިބެންދެން ހޯމް ކަރަންޓީނުވުމަށް އޭނާއަށް އެންގިއެވެ. ނަމަވެސް ދެވަނަ ޓެސްޓްގެ ނަތީޖާ ލިބުނު އިރު އޭނާ ހުރީ ރެސްޓޯރެންޓްގައި ކަމަށާއި ދެވަނަ ޓެސްޓުން ޕޮޒިޓިވް ކަމަށް ދެއްކި ކަމަށްވެސް ބުނެފައިވެއެވެ.

މެލޭޝިޔާގައި މިހާތަނަށް ނވަ ހާހަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވެއެވެ. 125 މީހަކު ކޯވިޑްގައި އެ ގައުމުން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް