އައިމިނަތު ދީމާއަކީ މިހާރު އިންސްޓަގްރާމްގައި އެންމެ ފާހަގަކޮށްލެވޭ ފޮޓޯތައް ލަމުން އަންނަ ޒުވާނެކެވެ. ދީމާ ލަމުންދާ ކާއެއްޗެހީގެ ފޮތޯތައް ފެނި ކޮންމެ މީހަކުވެސް ރަހަ ބަލައިލާ އަޖުމަ އިންސާފުކޮށްލަން ބޭނުންވާހާ ތަފާތު އަދި ފުރިހަމައެވެ.
25 އަހަރުގެ މި ޒުވާނާ އަކީ ފުޑް ބޮލޮގަރ އެކެވެ. ރާއްޖޭގައި ފުޑް ބްލޮގަރުން މަދު ނަމަވެސް ދީމާއަށް ލިބޭ ސަމާލުކަން ވަކި ކުޑައެއް ނޫނެވެ. ދީމާގެ އިންސްޓަރގްރާމްގައި ހުންނަނީ ހަމައެކަނި ދީމާ ތައްޔާރު ކުރާ ކާ ތަކެއްޗެއް ނޫނެވެ. ރެސްޓޯރަންޓް ތަކަށް ގޮސް ނަގާފައިވާ ބައެއް ފޮތޯތައް ވެސް ފެނެއެވެ.
https://www.instagram.com/p/CDVfFnIDooM/?utm_source=ig_web_copy_link
ދިމާ ބުނީ، މީގެ އަހަރެއްހާ ދުވަސް ކުރިން މިކަން ފެށީ ވަކި ވިޔަފާރިއެއް ފެށުމުގެ ނިޔަތުގައި ނޫން ކަމަށެވެ. މިއީ އަބަދުވެސް އޭނާ ކުރާ ހިތުން ކުރާ ގޭގައި ކައްކާ ތަކެތި ފޮޓޯ ހިއްސާ ކުރުމުގެ ގޮތުން ފެށި ކަމެއް ކަމުގައެވެ. ދީމާ ބުނީ، ކުރިން ރެސްޓޯރަންޓްތަކަށް ގޮސް ފޮޓޯ ހިއްސާކުރި ނަމަވެސް މިހާރު މުޅިންހެން ފެނިގެންދާނީ އަމިއްލައަށް ކައްކާފައި ހުންނަ ތަކެތީގެ ފޮޓޯ ކަމަށެވެ.
" އަސްލު ބޮޑަށް އަމިއްލައަށް ކައްކަން ފެށުނީ ލޮކްޑައުން ފެށުނު ހިސާބުން. އެންމެ ފުރަތަމަ ފެއްޓީ އެންމެ ސިމްޕަލް އިންގްރީޑިއަންޓްސް ބޭނުން ކޮށްގެން އެއްޗިހި ހެދޭތޯ. ދެން ބެލީ އެންމެ ގިނައިން ޓްރެންޑްވެ އާންމުންގެ ތެރޭގައި މަގްބޫލްވާ އެއްޗެއް ހެދޭތޯ. ދެން މިއީ އަސްލު ކުރިއަށް ދާން ފެށި ހިސާބަކީ." އޭނާ ބުންޏެވެ.
ދީމާ ބުނީ އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަން އަކީ މަންމަ ކަމަށެވެ. މަންމަ އަކީ މީރުކޮށް ކައްކާ މީހެއް ކަމަށް ބުނަމުން ދީމާ ބުނީ އޭނާއަށްވެސް މީރުކޮށް ކައްކަން ދަސްވީ މަންމަގެ ސަބަބުން ކަމަށެވެ. މަންމަ އަކީ އަބަދުވެސް ތަފާތު ކާއެއްޗެހި ތައްޔާރު ކުރަން ދަންނަ މީހެއްކަންވެސް ދީމާ ފާހަގަކުރިއެވެ.
ދީމާ ބުނީ، މުސްތަގްމަލްގައި ވިޔަފާރިއެއް ފަށާ ހިޔާލެއް އަދި ނެތް ކަމަށާއި، ބޭނުންވަނީ ބްލޮގަރ އެއް ގޮތުގައި ކުރިއަށް ދާން ކަމަށެވެ.
" ވަރަށް ގިނަ މީހުން ކާއެއްޗެހި ބޭނުންވެގެން މެސެޖް ކުރޭ. ވަރަށް ރިކުއެސްޓް އާދޭ، އެކަމް އަދި ނެތް ވިޔާފާރިއެއް ގޮތަށް މިކަން ހުރާ ހިޔާލެއް. ބްލޮގާރ އެއް ގޮތުގައި ކުރިއަށް ދާން ބޭނުންވަނީ." ދީމާ ބުނެޏެވެ.
ދީމާ ބުނީ، އާއިލާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް މިކަމަށް ލިބޭ ކަމަށެވެ. އަދި ރައްޓެހިންގެ ތަރުހީބު ލިބޭކަންވެސް ދީމާ ވަނީ ފާހަގަ ކޮށްފައެވެ.
" ފްރެންޑްސްވެސް ތިބެނީ އަބަދު ދީމާ ކައްކާ އެޗިހި ރަހަ ބަލާލަން ނުލިބިފަ. ވަރަށް ސަޕޯޓިވް." ދީމާ ބުންޏެވެ.
އިންސްޓަގްރާމްގައި ހަތް ހާހާ ގާތްކުރާ އަދަދަކަށް ފޮލޯވަރުން ތިބޭ އިރު ދީމާ އަންނަނީ އޭނާ ކައްކާ ކާތަކެތި އޭނާގެ ފޮލޯވަރުންނަށް ރަހަބަލާލެވޭނެ ފުރުސަތުވެސް ފަހިކޮށްދެމުންނެވެ. އެގޮތުން ކޮންމެ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ގިވް އަވޭއެއް ދީމާ ކުރިއަށް ގެންދެއެވެ.
ދީމާ ބުނީ، އޭނާގެ ފޮޓޯތަކަކީވެސް ވަރަށް އާދައިގެ ގޮތަކަށް ނަގާ ފޮޓޯތަކެއް ކަމަށެވެ.
" ފޮޓޯތައް ނަގަނީ ހަމަ ވަރަށް ސިމްޕަލްކޮށް. ވިންޑޯ ކައިރީ ބައިންދާލައިފަ ފޯނުން ނަގަނީ." ދީމާ ބުންޏެވެ.
ދީމާއަކީ ވިސްނުމުގެ ގޮތުންވެސް އިންސްޓަގްރާމްގައި ވިޔަފާރިއަށް ކާތަކެތި ވިއްކާ ޒުވާނުންނާއި ތަފާތު ފަރާތެކެވެ.
" އިންސްޓަގްރާމްގައި ކާތަކެތި ވިއްކާ މީހުން ފެނުމުން ވިއްކަން ހިތަކަށް ނާރާ. އެކަހަލަ މީހުން ފެނުނީމަ ހިތަށް އަރަނީ، އަސްލު ދެން ޕްރައިސަސް ފުދޭ ވަރަކަށް ހައިކޮށް އުޅެނީ އެއްޗިހީގެ. ދެން އެހެންވެ މހާރު ހަމަ މައިންޑަށް އަންނަނީ އެކަހަލަ ޓްރެންޑްވާ އެއްޗެއް ވިއްޔާ ތައްޔާރުކޮށްލައިފަ އެހެން މީހުންނަށް ރެސިޕީ ދެވޭ ކަހަލަ ގޮތެއް ހެދުން." ދީމާ ބުންޏެވެ.
ބޮޑު އަގުގައި ގަތުމުގެ ބަދަލުގައި ގޭގައި ތިބެގެން މީރު ކާ ތަކެތި ތައްޔާރު ކޮށްލެވޭގެ މަގު އެންމެންނަށް ފަހިކޮށްދިނުމަކީ ދީމާގެ މަގްސަދެކެވެ.
ދީމާ ބުނީ މިކަމަށް ޝައުގު ހުރެއްޖެ ނަމަ، ކޮންމެ މީހަކަށްވެސް މީރުކޮށް ކެއްކިދާނެ ކަމަށް ދީމާ ވަނީ ބުނެފައެވެ. އޭނާގެ ރެސިޕީތައް ހުންނާނީ ވަރަށް އާދައިގެ، ނަގައިގަންނަން ފަސޭހަ ގޮތަކަށް ކަމަށެވެ.
ދީމާ ބުނީ އޭނާގެ މަސައްކަތަށް މެދު ކެނޑުމެއް ނާންނާނެ ކަމަށާއި، ކޮންމެ ދެދުވަހުން އެއްދުވަހު މީރު ކާއެއްޗެއް ތައްޔާރުކޮށް ފޮލޯވަރުންނަށް ހިއްސާ ކުރަމުން އަންނަ ކަމަށެވެ.
ދީމާ ބުނީ، ކެއްކުމުގެ ދާއިރާއިން ކުރިއަށްދާން ފުރުސަތެއް ލިބިއްޖެ ނަމަ އުފަލާއެކު ބަލައިގަންނާނެ ކަމަށެވެ.
ދީމާ ބުނީ އޭނާ އަކީ ރެސްޓޯރެންޓްތަކުން ކައްކާ ކާތަކެއްޗަށް ރިވިއުވެސް ދޭ ފަރާތެއް ކަމަށެވެ.
"އަމިއްލައަށް ކެއްކުމުގެ އިތުރަށް ހުންނާނެ ރެސްޓޯރެންޓްސްތަކުން ރިކުއެސްޓް ކޮށްގެން ގޮއްސަ ޓޭސްޓް ކޮށްފަ ރިވިއު ކޮށްފަ. އަދި އެމީހުން ދީމާއަށް ޕޭވެސް ކުރޭ." އޭނާ ބުންޏެވެ.
ރާއްޖޭގައި މިކަމުން ރަނގަޅު އާމްދަނީ އެއް މިކަން ކުރާ ފަރާތްތަކަށް ނުލިބުނު ނަމަވެސް ބޭރު ގައުމު ތަކުގައި މިއީ ވަރަށް ޑިމާންޑް އޮތް ދާއިރާއެކެވެ. ކާތަކެތި ތަހަ ބެލުމާއި ރިވިއު ދިނުމަކީ ރެސްޓޯރެންޓް ތަކުން ތައްޔާރުކުރާ ކާ ތަކެތީގެ ރަހަ ފުރިހަމަކުރަން ލިބޭ ފުރުސަތެކެވެ. ރާއްޖޭގައި މަދުން މިކަން ކުރާ މީހުން އެނގުނު ނަމަވެސް ދީމާއަކީ އެންމެންވެސް ދަންނަ މޫނެކެވެ.
ދީމާ ބުނީ ބުނެގެން މިހާތަކަށް ފަސް ވަރަކަށް ރެސްޓޯރަންޓަށް ރިވިއު ދީފައި ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް