ކަނޑުމަތީގައި ހާލު ދެރަވި ފަޅުވެރިއަކު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފަށައިފި

މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ހާލު ދެރަވެގެން، އެ ފަޅުވެރިޔާ ހޮސްޕިޓަލަކަށް ގެންދިއުމުގެ އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ. މީޑިއާތަކަށް މ...

14 Aug 2020 | 07:18

މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ހާލު ދެރަވެގެން، އެ ފަޅުވެރިޔާ ހޮސްޕިޓަލަކަށް ގެންދިއުމުގެ އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ މ. ވޭވަށް ކައިރީގައި މަސްވެރިކަން ކުރަމުންދިޔަ "މިއަވާލި" ނަމަކަށް ކިޔާ ދޯނީގެ 53 އަހަރުގެ ދިވެހި ފަޅުވެރިއަކު ހާލު ދެރަވެގެން މ. މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށާފައިވާކަމަށެވެ.

މިކަމުގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 11:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމީހާ ނިދާ ހޭލިއިރު ހަށިގަނޑުގައި ވަރު ނެތްކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް