ޓީވީ އިންޑަސްޓްރީއަށް އިންގިލާބެއް، ޝޯމީން "ޓްރާންސްޕޭރެންޓް ޓީވީ" އެއް އުފައްދައިފި

ފޯނު އުފެއްދުމުގައި އެޕަލް އާއި ސެމްސަންގާއި ވާދަކުރަމުން އަންނަ ޗައިނާގެ "ޓެކް ޖަޔަންޓް" ޝޯމީ އިން ޓްރާންސްޕޭރެންޓް ޓީވީއެއް އުފައްދައިފިއެވެ. "އެމްއައި ޓީވީ ލަކްސް" ޓްރާންޕޭރެންޓް އެޑިޝަންގެ ނަމުގައ...

14 Aug 2020 | 06:49

ފޯނު އުފެއްދުމުގައި އެޕަލް އާއި ސެމްސަންގާއި ވާދަކުރަމުން އަންނަ ޗައިނާގެ "ޓެކް ޖަޔަންޓް" ޝޯމީ އިން ޓްރާންސްޕޭރެންޓް ޓީވީއެއް އުފައްދައިފިއެވެ.

"އެމްއައި ޓީވީ ލަކްސް" ޓްރާންޕޭރެންޓް އެޑިޝަންގެ ނަމުގައި މި ޓީވީ ނެރެފައިވަނީ ޝޯމީ ކުންފުންޏަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.

މި ޓީވީ އަންނަ އާދީއްތަ ދުވަހު ވިއްކަން ފަށާއިރު މި ޓީވީގެ އަގަކީ 49999 ޗައިނީސް ޔުއާން (ގާތްގަނޑަކަށް އެއް ލައްކަ ދިވެހި ރުފިޔާ) އެވެ.

މިއީ ޓީވީ އިންޑަސްޓްރީއަށް އިންގިލާބެއް ގެނުވާނެ އުފެއްދުމެއް ކަމުގައި ބެލެވެއެވެ. ނަމަވެސް މިއީ އުފެއްދި މިފަދަ އެންމެ ފުރަތަމަ ޓީވީއެއް ނޫނެވެ. ނަމަވެސް މިހާ "ލާޖް ސްކޭލެއްގައި" މިފަދަ ޓީވިއެއް އުފެއްދި މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް