ކޯވިޑުގައި 22 ވަނަ މީހަކު ނިޔާވެއްޖެ

ކޯވިޑް-19ގައި ރާއްޖެއިން 22 ވަނަ މީހަކު ނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ރޭ ދަންވަރު 1:45 ހާއިރު ނިޔާވެފައިވ...

14 Aug 2020 | 04:45

ކޯވިޑް-19ގައި ރާއްޖެއިން 22 ވަނަ މީހަކު ނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ރޭ ދަންވަރު 1:45 ހާއިރު ނިޔާވެފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ތަސްލީމާ ވިދާޅުވިގޮތުގައި އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހެކެވެ.

މިއީ ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 22 ވަނަ މީހާ ކަމުގައިވެސް ތަސްލީމާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް